English Edition
Dhivehi Edition

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަންވީ ބޮޑު ސަމާސާއަކަށް ކަމަށް ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް، ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން ވެސް އަމީން މަގާމުން ވަކިނުކޮށް، މަގާމުގައި ދެމިހުންނަވާ ވާހަކަައަށް އިޝާރަތްކުރައްވަމުންނެވެ. މިކަމާއި ގުޅިގެން ޖަމީލް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން މިވީ ބޮޑު ސަމާސާއަކަށް ކަމަށާއި ޤާނޫން އަސާސީ އިން މަތިކޮށްފައިވާ ބާރުވެސް އެގިނުލައްވާ ކަަމަށެވެ.

އިތުރަށް ޖަމީލް ވިދާޅުވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސޭ ވިދާޅުވީ ކެމްޕެއިން ފޯރީގައި ކަމަށެވެ. ” މި ކުށަށް ތަހްގީގު ކުރެއްވި ދުވަހު އުފުލިޔަސް ލަދު ގަންނަ ވަޒީފާ ގެއްލޭ ވަރުގެ ކަމެއް ނޫން. މިއީ ހަމަ ތާހިރު ގޮތް ތޯ؟” ޖަމީލް ވިދާޅުވިއެވެ

 

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮވިޑާއި ގުޅިގެން ހިންގި ހިޔާނާތުގެ މައްސަލައިގެ، ތަހުގީގު ފުރިހަމަ ކުރުމަށް ފަހު މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިިދިޔަ ބުދަ ދުވަހުއެވެ. އެކަމަކު އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.