English Edition
Dhivehi Edition
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ޑރ.ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ --

މިވެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން މަސްތުވާތަކެއްޗާއި ހަށި ވިއްކުމަށް މަގު ފަހިކޮށްދީފައިވާކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރަހީމް މުހައްމަދު ސޯލިހް އާއި ޑްރެގް ކާޓެލްތަކާ ގުޅުން ނެތްކަމަށް ބުނަން ދަތިވާ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމަށް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ޓުވިޓާ ގުޅިގެންނެވެ.

މި ގޮތުން ޑރ.ޖަމީލް ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން އަތެއް އާއިލާއެއް ނިކަމެތިވެ ހާލުގައި ޖެހިފައިވާ ކަމަށެވެ.ރާއްޖޭގެ ސިޔާސަތުތައް އޮތީ މިކަމަށް މަގުފަހިވާ ގޮތަށްކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ އެކަންކަން ތަންފީޒުކުރަމުންދަނީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށެވެ،

ރައީސް އާއި މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ޑރ.ޖަމީލް ވިދާޅުވީ މި ސަރުކާރު ދެމެހެއްޓުމަށް ހަށިވިއްކުމާއި މަސްތުވަތަކެއްޗަށް މަގުފަހިކޮށްފައިވާކަމަށެވެ.

މި ސަރުކާރުން މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ މީހުން މަގުމައްޗަށް ދޫކޮށްލާފައިވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު މި ސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ހަސަން ލަތީފް ވިދާޅުވީ ބިދޭސީ ޑްރަގް ޓްރެފިކަރުން އަތުލައިގަނެވުނަސް ހައްޔަރުނުކޮށް ފޮނުވާލުމަށް ހަދާފައިވާ ގަވައިދުގެ ދަށުން ޑްރެގް ޓްރެފިކްކޮށްގެން 25 އަހަރަށް ޖަލަށްލާފައި ތިބި މީހުން ދޫކުރަން ފަށާފައިވާކަމަށެވެ.