English Edition
Dhivehi Edition
30 އެޕްރީލް 2020: ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިކަން އިއުލާން ކުރުމަށް ބޭއްވި ޕްރެސްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން: އިހުމާލެއް އޮތް ނަމަ، ބަލާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ އެންއީއޯސީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަން ނިންމާފައިވާ ތަރައްގީއަކީ މީގެ ކުރިން ދުވަހަކުވެސް ރައްޔިތުން ދެކެފައިނުވާ ފަދަ ތަރައްގީއެއްކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދިޔައަ ޖުމްހޫރީ ޕާޓީގެ ޖަލްސާގައި އަމީން ވިދާޅުވީ ގާސިމް ވެރިކަމަށް ވަޑައިގަންނަވަނީ ރާއްޖެ އަށް ވަރުގަދަ ތަސައްވުރަކާ އެކީގައި ކަމަށެވެ. ގާސިމަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއްކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ގާސިމް ވަޑައިގަންނަވަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ތަސައްވުރަކާއެކުގައި ކަމަށެވެ.

ފާއިތުވީ 30 އަހަރުތެރޭ އައްޑޫ ސިޓީ އަށް ކޮށްދޭން ސަރުކާރުތަކުން ބުނި ކަންތައްތައް ކުރެވިފައި ނުވާކަން ފާހަގަކުރަމުން އަމީން ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި އެ ތަރައްގީ އައްޑޫސިޓީއަށް ގެނެސް ދެއްވާނެކަމަށެވެ. އައްޑޫސިޓީއަށް އެ ތަރައްގީ ގެނައުމަށްޓަކައި ގިނަ ގޮންޖެހުންތައް ހުރަސްކޮށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބުރަ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ މިހާރު ރާއްޖެ މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. މި ގޮތުން ގައުމުގެ ފުދުންތެރިކަން ވަރަށް ދަށްވެފައިވާ ކަމަށާ އަދި ދަރަނި މައްޗަށް ގޮސްފައިވާކަމަށް އަމީން ވިދާޅުވިއެވެ.

ގާސިމްގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް މަހަކު 35،000 ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެކަން ހާމަކުރައްވަމުން އަމީން ވިދާޅުވީ ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ ހަތަރު ބިލިޔަނުން އަށް ބިލިޔަން ޑޮލަރަށް އިތުރުކޮށްދޭނެ ކަމަށެވެ.