English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫއަށް އެރި ނަގޫރޯޅިއާ ގުޅިގެން ބޮޑުވަރުވި ގެތަކުގެ ތެރޭގައި ހިމެނޭ ތިންގެއެއްގެ ފުރާޅު ހެދުމުގެ މަސައްކަތް ފަށައިފިއެވެ. އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ މިގެތަކުގެ މަސައްކަތް ކުރަމުންދަނީ ތިން ގުރޫޕަކުން ކަމަށެވެ. އެއީ އެމްއެންޑީއެފްއާއި، އެޗްޕީއެލްއާއި، އެމްއާރުޑީސީން ކަމަށް ވިދާޅުވިއެވެ. ގެއްލުންވި ގެތަކުގެ ތެރޭގައި މަރާމާތު ކުރަންޖެހޭ 9 ގެ ހިމެނޭ ކަމަށް ސޯބެވިދާޅުވިއެވެ. އޭގެ ތެރޭގައި ބުކުޝޮޕެއްވެސް ހިމެނެއެވެ. ނަގޫރޯޅީގެ ސަބަބުން ކުދިކުދި ގެއްލުންތަކާއެކު ޖުމްލަ 29 ގެއަކަށް ވަނީ މި ހާދިސާގައި އަސަރުކޮށްފައެވެ. ސޯބެ ވިދާޅުވީ ގެއްލުންވެފައިވާ ގެތައް މަރާމާތުކޮށް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ސޯބެ ވިދާޅުވީ މިހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ވަގުތީ ހިޔާބޭނުންވި ދެ ގެއަކަށް އެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ޓެގު