English Edition
Dhivehi Edition
ވަގުތު އިމޭޖްސް

މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލ. އަތޮޅު ފޮނަދުއަށް ނަގޫރޯޅިއެއް އަރާ ބޮޑަތި ގެއްލުން ތަކެއް ވެއްޖެއެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައިި ފޮނަދުއަށް އެރި ނަގޫރޯޅީގައި 10 ވަރަކަށް ގެއަށް ގެއްލުން ވެފައިވާ ކަމަށާއި 4 ނުވަތަ 5 ގެއަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވިއެވެ.ރޭ އެރި ނަގޫރޯޅިއާއެކު ބައެއް ގެތަކުގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ އިރު،ބައެއް ގޭގޭގެ މަގުމަތީ ފާރުތައްވެސް ވަނީ ވެއްޓިފައެވެ. އަދި ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ގޭގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މީގެ އިތުރުން އެރަށުގެ ބަރާސިލް އަވަށުގައި ހުންނަ ބައްރު ޕްރީ ސްކޫލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ސްކޫލުގެ ވަށާފާރުވެސް ވަނީ ވެއްޓިފައެވެ. އަދި އެ ސްކޫލްފެ ޕްލޭ އޭރިޔާ އަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މި ނަގޫރޯޅީގައި ބައެއް ގޭގޭގެ 75 އިންސައްތަ އަށް ގެއްލުން ލިބިފައިވާ އިރު، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއަށް ވާރޭ ނުވެހި އޮތުމަށް ފަހު ވާރޭވެހެން ފަށާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.

ޓެގު