English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދުއަށް ރޭއެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކަށް އައްޑޫސިޓީކައުންސިލުން އެހީވާނެ ކަމަށް މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ. ސޯބެ ވިދާޅުވީ މިފަދަ ކާރިސާތަކުގައި ގެއްލުން ލިބޭފަރާތްތަކަށް އާންމުކޮށް އެހީތެރިވަނީ ޑިޒާސްޓަރމެނޭޖުމެންޓް ސެންޓަރުން ކަމަށެވެ. ހިތަދުއަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށްފަހު ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރައްވާނެ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ. އެފަރާތްތަކުން އެހީވިޔަސް ނުވިޔަސް ގެއްލުންލިބުނު ގެތަކަށް އެހީވުމަކީ އައްޑޫސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށްދެކެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމާ ފުރާޅު އެއްލާލައިފައިވާ ގެތަކުގެ ފުރާޅު އަލުން ހެދުމަށް ސިޓީކައުންސިލުން ޓިނާއި، ލަކުޑި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް މިއަދުން މިއަދަށް ކުރިއަށް ގެންދަވާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. ސޯބެ ވިދާޅުވީ ރޭގެ ކާރިސާއާ ގުޅިގެން އައްޑޫސިޓީކައުންސިލާއި، ފުލުހުންނާއި، ދިވެހިރެޑްކްރެސެންޓުން ރިޕޯޓު ތައްޔާރު ކުރައްވާނެ ކަމަށެވެ. މި ރިޕޯޓުތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓެގު