English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދުއަށް ރޭ އެރި ނަގޫރޯޅީގެ ސަބަބުން ގެތަކަށް ލިބިފައިވާ ގެއްލުން އަގުކުރުމުގެ މަސައްކަތް މިއަދު ފަށްޓަވާނެ ކަމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ. އޭއޯނިއުސްއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ގޭގެއަށް ލިބުނު ގެއްލުން އަގުކުރުމަށްޓަކައި ފުރާޅަށް ލިބުނު ގެއްލުމާއި، ގޭގައި ހައްދާފައިވާ ގަސްގަހާގެއްސަށް ލިބުނު ގެއްލުމާއި، ހިފައިގެންގުޅޭ ސާމާނަށް ލިބުނު ގެއްލުން ވަކިވަކިން ބައްލަވާނެ ކަމަށެވެ. “ލިބުނު ގެއްލުމުގެ އަންދާސީ ރިޕޯޓެއް ހެދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިއަދު ފަށާނަން. އޭގައި ބަލާނީ ކިތައް ގަސްވެއްޓުނުތޯއާއި، ހިފާގެންގުޅޭ ސާމަނަށް ލިބުނު ގެއްލުމާއި، ސީދާ ގެއަށް ލިބިފައިވާ ގެއްލުމަށް. މިކަންކަމަށް ވަކިވަކިން ބަލައިގެން އަންދާސީ ހިސާބުތަކެއްގެ މައްޗަށް ރިޕޯޓު އެކުލަވާލާނީ،” ސޯބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ މަސައްކަތެއް ކުރާއިރު ދިވެހިރެޑްކުރެސެންޓާއި ފުލުހުންނާއި އަދިވެސް އެފަދަ ފަރާތްތަކުގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވާ ކަމަށެވެ.

ޓެގު