English Edition
Dhivehi Edition

އެމްޑީޕީގައި ހުންނެވިނަމަ ޑރ.މުހައްމަދު ޖަމީލު އަށްވެސް ވަޒީފާއެއް ލިބޭނެކަމަށް, ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެެވެ.

ނިޒާރު މިހެން ވިދާޅުވީ އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިރިއުޅުން ވޭނަކަށްވާ ކަމަށާއި ލައްކަދުވަހު އުޒުރުދެއްކެވިއްޖެކަމަށް ވިދާޅުވެ ޑރ.ޖަމީލް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

މިއަދު ޑރ.ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދިވެހިންނަށް ދެ ފިކުރުގެ ތަފާތު ސާފުވެއްޖެކަމަށާއި ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި ދަރަނި ބޮޑުވެ ދރިއުޅުން ވޭނަކަށްވާކަމަށެވެ. އަދި ދިވެހިންނަށް ރަނގަޅީ ބްރިޖް އަޅާ ތަރައްޤީކޮށް ބައެއްގެ ފައިބުޑަށް ނުވެއްޓުންކަމަށް ޑރ.ޖަމީލްވަނީ ވިދާޅުވެފައެވެ.

 

މި ވާހަކަތަކަށް ރައްދު ދެއްވަމުން ނިޒާރު ކުރެއްވި ޓުވިޓްގައި ވަނީ ނިކަމެތި ހާލުގައި ނުހުންނަވާ ރަށަށް ދުރުވެ ދަނޑުވެރިކަން ކުރެއްވުމަށް ގޮވާލާފައެވެ. “އެމްޑީޕީގައި ހުންނެވިނަމަ މަނިކުފާނަށް ވަޒީފާއެއް ލިބޭނެ. ނިކަމެތި ހާލުގައި ނުހުންނަވާ ރަށަށް ދުރުވެ ދަނޑުވެރިކަން ކުރައްވާ. އަޅުގަނޑުވެސް މި ކުރަނީ އެ މަސައްކަތް” ނިޒާރުގެ ޓުވިޓްގައި ވިދާޅުވިއެވެ.