English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ފިލްމު “ސިންގަމް” ގައި ދެއްކި މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ ބަތަލާ ކާޖަލް އަގަރްވާލް ކައިވެނިކުރާ ތާރީހް އިއުލާންކޮށްފިއެވެ.

އެންމެ ފުރަތަމަ ދެކުނު އިންޑިއާގެ ފިލްމުތަކުން ފެނިގެން ދިޔަ ކާޖަލް ކައިވެނިކުރާ ތާރީހް އިއުލާން ކުރަމުން ކުރި ޓުވިޓެއްގައި ބުނީ މި މަހުގެ 30 ވަނަ ދުވަހު ކައިވެނިކުރަން ނިންމާފައިވާކަމަށާއި ކައިވެނީގެ ތައްޔާރީތައްވަމުން އަންނަކަމަށެވެ. ކާޖަލް އާއި ޓެކް އިންޑަސްޓްރީގައި މަސައްކަތްކުރާ ވިޔަފާވެރިޔާ އަދި އިންޓީރިއާ ޑިޒައިނިން ކުންފުންޏެއް ކަމަށްވާ “ޑިޒާން ލިވިން” ގެ ބާނީ ގޯތަމް ކިޗްލޫގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާނީ ދެ އާއިލާ މީހުން އެކަނި ކަމުގައި ބުނެފައެވެ. ކޮވިޑް19ގެ ޕެންޑެމިކްގެ ސަބަބުން މުމްބާއީގައި ދެމީހުން ކައިވެނިކުރާއިރު މާ ބޮޑު ހަފްލާއެއް ބާއްވަން ނިންމާފައި ނުވާއިރު އަދި ހަނީމޫނަށް ދާނެ ވަކި މަންޒިލެއް ކާޖަލް އިއުލާންކޮށްފައެއް ނުވެއެވެ.

Kajal Aggarwal's Smile Lights Up This Pic With Fiance Gautam Kitchlu

ކާޖަލް ކުޅެފައިވާ ފިލްމުތަކުގެ އަދަދު ފަންސާހަށްވުރެ މައްޗަށް ގޮސްފައިވާއިރު އޭނާ ބުނީ ކައިވެނީގެ ފަހުންވެސް ފިލްމީ ދާއިރާއިން ފެނިގެންދާނެ ކަމަށާއި ފިލްމީ ދާއިރާއާއި ދުރަށް ނުދާނެކަމަށެވެ. ކާޖަލް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ “ސްޕެޝަލް 26” އާއި ރަންދީޕް ހޫޑާގެ “ދޯ ލަފްޒޯން ކީ ކަހާނީ” އާއި