އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ގައި އިއްޔެ ކުޅުނު މެޗުގައި ފޭދޫ ފާހި ސްޕޯޓްސް ކްލަބާއި މަރަދޫ އެފްސީ ބައްދަލުކުރި މެޗު 3-3 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.
އިއްޔެ ކުޅުނު މި މެޗު އެއްވަރުވިނަމަވެސް 11 ޕޮއިންޓާއި އެކު މުބާރާތުގެ ފައިނަލަށް ގޮސްފައިވަނީ މަރަދޫ އެފްސީއެވެ.
އިއްޔެގެ މެޗުން މޮޅުވެގެން ނޫންގޮތަކަށް ފައިނަލަށް ދެވެންނެތް ފާހިން ވަނީ މިމެޗްގެ ފުރަތަމަ ހާފްގައި 2 ލަނޑުޖަހާ ހަމަޖެހިލާފައެވެ. މެޗުގައި ފާހިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީނީ ޝިޔާހުއެވެ. އެޓީމުގެ ދެވަނަ ލަނޑުގެ އޭގެ ދެމިނިޓްފަހުން 36 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދިނީ ހާމީއެވެ.
މެޗުގެ ފުރަތަމަ ހާފްގެ ކުޅުން 0-2 ގެ ނަތީޖާއިން ނިމިފައިވާއިރުމެޗްގެ ދެވަނަ ހާފްގައި މަރަދޫއެފްސީން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ،
މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ފަށައިގެން ދެވަނަ މިނިޓްގައި މަރަދޫ އެފްސީ އިން ލަނޑެއް ކާމިޔާބުކޮށްފައިވާއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިކުއެވެ. އެ ޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑަކީ ލިބުނު ހިލޭ ޖެހުމެއް ގޯލަށް އަމާޒުކޮށް އައިކު ޖަހަދިން ލަނޑެކެވެ. މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވަގެން ދިޔަ އިރު ދެ ޓީމުންވެސް ވަނީ މެޗުގެ ލީޑް ނެގުމަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.މިގޮތުން މެޗުގެ ދެވަނަ ހާފްގެ 40 ވަނަ މިނިޓްގައި މަރަދޫ އެފްސީގެ ލައުސަންވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލީޑްނަގާފައެވެ.
ލައުސަންގެ ލަނޑާއެކު ފާހިގެ ކުޅުންތެރިން ޕްރެޝަރަށް ވެއްޓިގެން ދިޔައިރު އެ ޓީމްގެ ދެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެ ޓީމުން މެޗުގެ ނަތީޖާ އެއްވަރު ކުރި ލަނޑަކީ މެޗުގެ އެންމެ ފަހު މިނިޓްގައި ލިބުނު ޕެނެލްޓީއެއް ކާމިޔާބުކޮށް ހާމީޖަހައިދިން ލަނޑެކެވެ. މި ނަތީޖާއާއި އެކު މެޗު ނިމިގެން ދިޔައިރު 11 ޕޮއިންޓާއެކު، ޕޮއިންޓްގެ ގޮތުން 1 ވަނަ ޓީމްގެ ގޮތުގައި ފައިނަލަށް ދަތުރުކޮށްފައިވަނީ މަރަދޫ އެފްސީއެވެ.
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ކުޅުނު އައިކްއެވެ.
ހިތަދޫއާއި މަރަދޫ ބައްދަލުކުރާ ފައިނަލްމެޗްގެ ކުޅުން އޮންނާނީ އަންނަމަހުގެ 2 ވަނަ ދުވަހު ހަވީރު މީދޫ ބޯޅަ ދަނޑުގައެވެ.