English Edition
Dhivehi Edition
މާލޭ އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް - ފޮޓޯ: ފޭސްބުކް (އިސްކަންދަރު ސްކޫލް)

މާލެ ސިޓީގެ ސްކޫލްތަކުގެ، ކީ ސްޓޭޖް 04 އަދި 05 ގެ ދަރިވަރުންގެ ކިޔެވުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވިޓެއްގައި ބުނީ ކޮވިޑް19ގެ ހާލަތަށް ރިޢާޔަތްކޮށް އެޗްޕީއޭގެ ލަފާގެމަތިން މާލެގެ ސްކޫލްތްކުގެ ގްރޭޑް09 އަކުން ފެށިގެން 12 ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ނިންމާފައިވާ ކަަމަށެވެ.

މިދިޔަ ޖުލައި މަހު މާލޭގައި ސްކޫލްތައް ހުޅުވާ ގްރޭޑް 09 އަކުން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށިއިރު،އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ.އެހެންނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް ސްކޫލްތައް ބަންދުކޮށް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭތާ އެއްމަސް ދުވަސްވެފައިވާއިރު އަލުން ސްކޫލްތައް ހުޅުވުމަށް ނިންމާފައި މިވަނީ އެޗްޕީއޭގެ އިރުޝާދާ އެކުގައެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ކުރިއަށް ގެންދަން ފަށާފައިވާއިރު އަދިވެސް ކީ ސްޓޭޖް 1،2،3 ގެ ދަރިވަރުން ކިޔަވަމުން ދަނީ އޮންލައިން ކޮށެވެ.