English Edition
Dhivehi Edition

ވަރަށް ގިނަ މީހުން ބުނާ އަޑުއިވެއެވެ. ކެމެރާއެއް ނުވަތަ މޮޅު ފޯނެއް ގެންގުޅޭ ކޮންމެ މީހަކަށް ފޮޓޯގްރަފަރަކަށް ވެވިދާނެއެވެ. އެކަމަކު މި ވާހަކައަށް ތާއިދުކުރުމުގެ ކުރިން ބުނެލާ ހިތްވަނީ ކޮންމެ މީހަކަށްވެސް ފޮޓޯ ނެގިދާނެކަމަށެވެ. އެހެންނަމަވެސް ފޮޓޯގައި ފޮރުވިފައިވާ ސިއްރުތަކާއެކު ‘މޮޅު ފޮޓޯއެއް’ ނެގޭނީ އަސްލުވެސް އެކަމުގެ ހުނަރުހުރި މަދު ބަޔަކަށެވެ.

ތިރީގައި މިވާ ފޮޓޯ ތަކަކީ ބަލާބެލުމަށް ވަރަށް އާދައިގެ މޮޅު ފޮޓޯތެކެވެ. އެހެންނަމަވެސް މި ފޮޓޯތަކަށް ކައިރިން ބަލާލުމުން ފެންނަނީ މުޅިން އެހެން އެއްޗެކެވެ. މިއީ މޮޅު ފްޓޯގްރާފަރެއްގެ ފޮޓޯ ތޯ ނޫންތޯ އިންސާފުކޮށްލައްވާނީ ކިޔުންތެރިންނެވެ.

A Secret Message

  • ކައިވެނީގެ ހަފްލާއަކީ ކޮންމެ މީހަކަށްވެސް ވަރަށް މުހިއްމު ހަފްލާއެކެވެ. އެ ދުވަހުގެ ފޮޓޯތަކަކީ މުހިއްމު ފޮޓޯތަކެކެވެ. މަތީގައިވާ ކައިވެނި ހަފްލާގެ ފޮޓޯއިން ދެމީހުންގެ ހެދުމަށްވުރެ ބޮޑަށް ލޮލުގައި އަޅައިގަތީ ފިރިހެންމީހާގެ ‘ބޫޓެވެ”.

A Lego House

  • މި ގެތަކަށް ބަލާލުމުން ހީވަނީ މިއީ ކާޓޫނެއްގެ ފޮޓޯތަކެއް ހެންނެވެ. ނުވަތަ ފޮޓޯޝޮޕުން އެޑީޓްކޮށްފައިވާ ފޮޓޯތަކެއްހެން ވެސް ހީވެދާނެއެވެ. އެކަމަކު މިއީ މެކްސިކޯޣެ ވިލެޖެއްގެ ފޮޓޯއެކެވެ. މީހުން ދިރިއުޅެމުންދާ މި ވެލްޖުގެ ކޮންމެ ފޮޓޯއަކުންވެސް ފެނިގެންދަނީ ހައިރާންކުރުވާ ފަދަ ފުރިހަމަ ކަމަކާއި ރީތިކަމެކެވެ.

When You See It

  • މި ފޮޓޯއަށް ބަލާލި ކޮންމެ މީހަކަށްވެސް ފެނިގެންދާނީ ޓެނިސް މެޗެއް ބަލަން ދިޔަ ޖޯޑެއް އެކުގައި ނަގާފައިވާ ރީތި ފޮޓޯއެކެވެ. އެހެންނަމަވެސް ފޮޓޯއަށް ކައިރިން ބަލާލުމުން އެ ފޮޓޯއިން ވަރަށް ބައިވަރު ފޮރުވިފައިވާ އިތުރު މަންޒަރުތަކެއް ފެނިގެންދެއެވެ. ފޮޓޯ އަށް ހުއްޓިލައިގެން ތިބި ދެމީހުންގެ ފަހަތުން ފެންނަން ހުރި ކުޑަފިރިހެން ކުއްޖާ ލޮލުގައި އަޅައިގަތީ ވަރަށް ކައިރިން ފޮޓޯއަށް ބަލާލުމުންނެވެ.Background Check
  • އަބަދުވެސް ފޮޓޯ ނަގާއިރު ރީތި ބެކްގްރައުންޑެއްގައި ފޮޓޯ ނެގުމަކީ ކޮންމެ މީހަކުވެސް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެހެންނަމަވެސް މި ފޮޓޯއިން ފެންނަ އަންހެން ކުއްޖާގެ ޓެޓޫއަށްވުރެ ކުރިން ލޮލުގައި އަޅައިގަތީ ބެކްގްރައުންޑުން ފެންނަ މަންޒަރެވެ.

2 ކޮމެންޓް
މަރީ
އޮކްޓޯބަރު 18, 2020
މަށައް އެބަ ފެނޭ ދެމީހުންގެ ދޭތެރެއިން އެބުނާ ކުއްޖާގެ ބޯ
Iburaahimu
އޮކްޓޯބަރު 15, 2020
Mashakah hamma ulhe ulhe vess eh dhemeehun dheytherein Kudha kuhjjaku nufenunnun hamma hairaan ve antharees vehjje mihaaru ?