English Edition
Dhivehi Edition

ސުޝާންތު ސިންގްގެ މަރާއެކު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައާ ގުޅުންހުރި ބޮލީވުޑްގެ އޭ-ލިސްޓު ތަރިންތަކެއްގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުވާން އަންގައިފިކަމަށް އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުތައް ބުނާ ގޮތުން މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ތަހުގީގަށް، އެންސީބީއަށް ހާޒިރުވުމަށް އަންގާފައިވާ ތަރިންނަކީ ދިޕިކާ ޕަޑުކޯނާއި، ސާރާ އަލީ ޚާނާއި، ޝްރައްދާ ކަޕޫރު އަދި ރަކޫލް ޕްރީތު ސިންގުއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިމަހުގެ 25 ވަނަ ދުވަހު މި މައްސަލައާއި ގުޅިގެން ދީޕިކާ އާއި ސުވާލުކުރުމަށް އެންސީބީ އިން ނިންމާފައިވާއިރު މި މަހުގެ 26 ވަނަ ދުވަހު ސާރާ އާއި ޝްރައްދާ އެންސީބީއަށް ހާޒިރުވުމަށްވަނީ އަންގާފައެވެ.

މިމައްސަލައާއި ގުޅިގެން ވާހަކަދައްކަމުން އެންސީބީ އޮފިސަރު އަޝޯކް ޖެއިން ބުނީ ތުހުމަތުކުރެވޭ ބައެއް މީހުންނާ ސުވާލުކުރަން ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާނެކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންނާ ސުވާލު ކުރެވޭނެކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ޝާމިލްވާ މީހުންނާއި ބެހޭ އެއްވެސް އިތުރު މައުލޫމާތެއް އެންސީބީ އިން ހާމަކޮށްފައެއް ނުވެއެެވެ.

ސުޝާންތުގެ މަރުގެ މައްސަލައިގެ ތަހުގީގާއި އެކު ބޮލީވުޑްގެ އަދިރި ފަރާތުގެ ގިނަ ސިއްރުތަކެއް ބޭޒަރުވަމުން އަންނައިރު މި މައްސަލައިގެ ތަހުޤީގުގައި އެންސީބީ އިން، ޑިލީޓު ކޮށްފައިވާ ޗެޓް ލޮގުތަކެއް އަލުން ރީޓްރީވް ކޮށް، ބެލި ބެލުމުގައި ފާހަގަކުރެވިފައިވާ ބޮލީވުޑްގެ 5 ތަރިއެއްގެ ނަމުގެ ފެށޭ އަކުރުތައްވަނީ މީޑިއާގައި ދައުރުވެފައެވެ،

ސުޝާންތުގެ މަރާއެކު ބޮލީވުޑްގެ އެތައް ސިއްރެ ބޭޒާރުވެފައިވާއިރު މިހާރު ގިނަ ބަޔަކު އިންތިޒާރުކުރަމުންދަނީ މި މައްސަލަ ނިމި ސުޝާންތުއަށް އަށް އިންސާފު ލިބިގެންދާނެ ދުވަހަކަށެވެ.