English Edition
Dhivehi Edition

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ބާއްވަން ނިންމި ކާގޯ ފެރީގެ ދަތުރުތައް މިއަދު ފަށާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ

“އެމްސީޕީ ލިންޒް 47” ނަމަކަށް ކިޔާ މި ކާގޯ ފެރީ އިންޑީއާގެ ސޫތުކުޅިން މިއަދު ފުރުމަށް ހަމަޖެހިފައިވާއިރު ދެން އެފަރީ ދާނީ އިންޑީއާގެ ކޯޗިނަށެވެ. އިންޑިއާގެ ކޯޗިނުން މި މަހު 22 ވަނަ ދުވަހު މި ފެރީ ފުރުމަށް ހަމަޖެހިފައިވާއިރު މިކާގޯ ފެރީއަށް ރާއްޖެ އާދެވޭނެކަމަށް ލަފާކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި ގޮތުން އިންޑިއާގެ ކޮޗިނުން ކުޅުދުއްފުށްޓަށް މި ފެރީ ދަތުރުކުރުމަށް ހަަމަޖެހިފައިވާއިރު، ކުޅުދުއްފުށިން މި ފެރީ މާލެ ދަތުރުކުރުމަށްވެސް ހަމަޖެހިފައެވެ،

ދިގު މިނުގައި 117 މީޓަރު ހުރި މި ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

ކުޅުދުއްފުއްޓާ މާލެ އަދި ކޮޗިންއާ ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި، އެކަމުގެ ރަސްމީ ވާހަކަތައް ދެއްކީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.