English Edition
Dhivehi Edition

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ އާއި ގުޅޭ މައްސަލަ ބަލަން ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، ރައްޔިތުން މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ކުރަހަން އިން ފޮޓޯއެއް މީސް މީޑިއާގައި އާއްމުވެ އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއްވަނީ އަމާޒުވެފައެވެ،

އެ ފޮޓޯތަކުން، ބައްދަލުވުން ކުރިއަށް ދިޔައިރު ވެސް އިންތި އޭނާގެ ކުރިމަތީގައި އޮތް ގަނޑެއްގައި އަންހެނެއްގެ ސްކެޗެއް ކުރަހަން އިން މަންޒަރު ފެންނަމުން ދިޔައިރު އެކަމާއި ގުޅިގެން ގިނަ ބަޔަކުވަނީ މުހިއްމު ބައްދަލުވުމަކަށް ސަމާލުކަން ނުދީ އެގޮތަށް ކުރެހުމެއް ކުރަހަން އިނުމަކީ ވަރަށް ޒިންމާދާރުކަން ކުޑައަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ،

ގިނަ ބަޔަކު އިންތިއަށް އަމާޒުކޮށް ދައްކަމުން ދިޔަ ވާހަކަތަކަށް އޭނާ އެއްވެސް ޖަވާބެއް ދެއްވާފައިނުވާއިރު މިއަދު މެންދުރުފަހު އިންތިވަނީ އޭނާ ކުރަހަން އިން ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ޓްވީޓާ މެދުވެރިކޮށް އެ ކުރެހުން ދައްކާލުމާއެކު އިންތިއަށް ގިނަ ބައެއްގެ ތައުރީފް އޮހިގެން ދިޔައިރު ގިނަ ބަޔަކުވަނީ އިންތިގެ މަސައްކަތް ވަރަށް ފުރިހަމަކަމަށް ބުނެފައެވެ.

Image

އިންތިގެ އެ ފޮޓޯއިން އޭނާގެ ހުނަރުވެރިކަން ފެނިގެންދިޔައިރު ފޮޓޯ އާއި ގުޅޭ ގޮތުން މިހާތަނަށް އިންތި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ، އެހެންކަމުން އެ ފޮޓޯގެ ހަގީގަތް ދެނެގަތުމަށް މިހާރު ސޯޝަލްމީޑިއާގައި ގިނަ ބަޔަކު އެމީހުންގެ ހިޔާލު ފާޅުކުރަމުން އަންނައިރު ގިނަ ބަޔަކުވަނީ އެ އަންހެންކުއްޖާއަކީ ކާކުތޯ ދެނެގަތުމުގެ މަސައްކަތްވެސް ފަށާފައެވެ.

 

1 ކޮމެންޓް
އިންތި
ސެޕްޓެމްބަރު 19, 2020
ކާކުތަމީ!