English Edition
Dhivehi Edition
މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާނު، އިމްތިޔާޒު ފަހުމީ - ފޮޓޯ: ޙައްވާ މުޙައްމަދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ފާޅުގައި ދިމާކޮށް ފުރައްސާރަކުރި ހަނދާން ނެތިގެން ނުދާނެކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ ސްޓްރަގަލް ލީޑްކުރުމުގައި އެއްވާނަކަށް ހިފަހައްޓައިލި، އަދި އެންމެ އަނިޔާތައް ރައްދުވި ފަރުދު، އަދި އެމްޑީގެ ރައީސް، އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސަށް ސަރުކާރުން ފާޅުގައި ދިމާކޮށް ފުރައްސާރަކޮށް އިހްތިރާމްކުޑަކުރަމުންދިއަ ހަނދާން ދުވަހަކުވެސް ނައްތައިނުލާނެ ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބާއި ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވި މުހައްމަދު ނަޝީދުއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ތާއިދުކުރާ ފަރާތްތަކުންވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްވެސް ވަނީ ރައީސް ނަޝީދަށް ނުސީދާ ބަހުން ރައްދު ދެއްވާ ފާޑުވިދާޅުވެފައެވެ.

ދެ ރައީސުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއި އެކު އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. އަދި ރައީސް ސޯލިހް އަށް ތާއިދުކުރާ ބައެއް މެމްބަރުން ވަނީ އެމްޑީޕީއިން ވަކިވުމަށް ރައީސް ނަޝީދަށް ގޮވާލާފައެވެ.