ސަމަޖްވާދީ ޕާޓީގެ ޕާލިމަންޓް މެމްބަރު އަދި މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަން ދެއްކި ވާހަކަތައް މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތް ރައްދު ދީފިއެވެ.
ސުޝާންތު ސިންގުގެ މަރާއި އެކު ބޮލީވުޑްގެ ތަރިންގެ މެދުގައި އުފެދިފައިވާ ރުޅިވެރިކަމުގެ ހުޅުފަޅައިގެން ގޮސްފައިވާއިރު މި މައްސަލަ މިހާރުވަނީ އިންޑިއާގެ ޕާލިމަންޓާއި ހަމައަށް ވެސް ގޮސްފައެވެ. މި ގޮތުން ސަމަޖްވާދީ ޕާޓީގެ ޕާލިމަންޓް މެމްބަރު ޖަޔާ ބައްޗަން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި މި ވާހަކަދައްކާފައިވާއިރު ޖަޔާވަނީ ފިލްމް އިންޑަސްޓްރީގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މިގޮތުން އެއްވެސް ތަރިއެއްގެ ނަން ހާމަނުކޮށް ވާހަކަދައްކަމުން ޖަޔާ ބުނީ އިންޑިއާގެ ފިލްމް އިންޑަސްޓްރީ އިން މަޝްހޫރުކަން ހޯދުމަށްފަހު ހަމަ އެ އިންޑަސްޓްރީއަށް މިހާރު އެމީހުން ފާޑުކިޔަމުން ދާކަމަށާއި މިއީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭނެކަމެއް ނޫންކަމަށެވެ.
ބައެއް ތަރިންގެ ސަބަބުން މުޅި އިންޑަސްޓްރީގެ ނަން ހަރާބުވަމުންދާކަން ފާހަގަކޮށް ޖަޔާ ދެއްކި ވާހަކަތަކަށް ރައްދު ދެމުން ކަންގަނާ ވަނީ ޖަޔާގެ އަންހެން ދަރިފުޅަށް ޑްރަގުދީ، ޖިންސީ ގޯނާކޮށްފައިވާނަމަ އަދި އޭނާގެ ފިރިހެން ދަރިފުޅު އަބީޝެކަށް ގަނާ ކުރުމުގެ ސަބަބުން އަމިއްލައަށް ދަން ޖެހިގެން މަރުވެއްޖެ ނަމަވެސް ހަމަ އެފަދަ ވަހާކަދައްކަން ކެރޭނެތޯ ސުވާލުކޮށްފައެވެ.