English Edition
Dhivehi Edition

ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ޑީކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދިން ގޮތުގެ ތަފްސީލު ހިމެނޭ ވަގުތީ ލިސްޓެއް އާންމުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑީ ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް 835 މީހަކު ކުރިމަތިލާފައިވާ ކަމަށާއި ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މި ގޮތުން ޝަކުވާ ހުށަހެޅަން ބޭނުންވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޝަކުވާ ފޯމް ހުށަހެޅުމަށް ކައުންސިލުންވަނީ އެދިފައެވެ. އަދި .ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށް ފަހު އައްޑޫ ސިޓީ ކައުންސިލަށް ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށު އޮފީހަށް ހުށަހެޅުމަށް ކައުންސިލުން ވަނީ އިލްތިމާޒުކޮށްފައެވެ.

ހިތަދޫގައި އިމާރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، 150 ފްލެޓް ހިތަދޫ ރައްޔިތުންނަށް ހާއްސަކޮށްފައިވާއިތު މަރަދޫ އާއި މަރަދޫ ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 30 ފްލެޓް ވަނީ ހާއްސަކޮށްފައެވެ. އަދި ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 50 ފްލެޓް ވަނީ ހާއްސަކޮށްފައެވެ

ފްލެޓް ލިބުނު މީހުންގެ ލިސްޓް www.adducity.gov.mv ގައި ޝާއިޢުކުރެވިފައިވާއިރު އަވަށުއޮފީސްތަކާއި ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.