English Edition
Dhivehi Edition

ކޮވިޑް19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދެވި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ބަލިން ފަސޭހަވެ ގެއަށް ދޫކޮށްލައިފިއެވެ.

މިއަދު ރައީސް މައުމޫނު ކުރެއްވި ޓުވިޓެއްގައި ގެއަށް ދޫކޮށްލާފައިވާކަން ހާމަކުރަމުން ވިދާޅުވީ މާތްﷲ ގެ ހެޔޮ ރަހްމަތްފުޅާ އެކު ކޮވިޑް ބަލިން ޝިފާ ލިބިފައިވާކަމަށެވެ. “މާތްﷲ ގެ ހެޔޮ ރަހްމަތްފުޅާ އެކު ކޮވިޑް ބިލިން ޝިފާ ލިބިގެން ހެޔޮހާލުގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެއަށް އަތުވެއްޖައިން. އެކިއެކި ބަލިބަލި ތަޙަންމަލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން” ރައީސް މައުމޫންގެ ޓުވިޓްގައި ވިދާޅުވިއެވެ.

ރައީސް މައުމޫން ކޮވިޑަށް ޓެސްޓުކުރެއްވީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ވަޑައިގެންނެވުމުންނެވެ. މި މަހުގެ 25 ވަނަ ދުވަހު އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުޢާކުރައްވާފައެވެ.