English Edition
Dhivehi Edition

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އައްޑޫ ގޮފި ހިންގަމުންގެންދާ ޢިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮފީހުން އިއުލާންކޮށްފިއެވެ.މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 މޭ 24 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް ޕީޖީ އޮފީހުގެ އައްޑޫ ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މޭ 31 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީ ހިސާބު، އެ އޮފީހުގެ އައްޑޫ ގޮތްޕަށް ހުށަހެޅުމަށް އެ އޮފީހުންވަނީ އެދިފައެވެ. މީގެ އިތުރުން މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެކަމަށް އިއުލާންގައި ވަނީ ބަޔާންކޮށްފައެވެ.މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި ރަސްމީ ގަޑީގައި އެ އޮފީހުގެ ނަންބަރު 6888745 / 3003291 ގުޅުވުމުން މައުލޫމާތު ލިބިގެންދާނެކަމަށް އެ އޮފީހުންވަނީ ބުނެފައެވެ ރީތިފެހިގެ (އެޅެދީދީމަގު/ އައްޑޫ ސިޓީ ހިތަދޫ) ޢިމާރާތުގެ ތެރޭގައި ހިންގަމުން އަންނަ ޕީޖީ އޮފީހުގެ އައްޑޫ ގޮފި މަރާމާތުކުރުމަށްޓަކައި މީގެ ކުރިންވެސް ވަނީ އިއުލާންކޮށްފައެވެ.އެހެން ނަމަވެސް އެ ފަހަރުގެ އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ވަނީ ކޮށްފައެވެ.