2025 ވަނަ އަހަރަކީ މެގަން މާކަލްއަށް އާ ފެށުމެކެވެ. ޕްރިންސް ހެރީއާ ކައިވެނިކުރުމަށް ފަހު ސޯޝަލް މީޑިއާ އާއި ދުރުގައި އުޅުމަށްފަހު، އޭނާ ވަނީ އަލުން ޖެނުއަރީ 1 ވަނަ ދުވަހު އިންސްޓަގްރާމްއާ ގުޅިފައެވެ.
އޭނާގެ ފުރަތަމަ ޕޯސްޓުގައި ވަނީ ހުދު ކުލައިގެ އެންސެމްބަލްއެއް ލައިގެން މޫދު ކައިރީގައި ދުވެފައި ދާ ވީޑިއޯއެކެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެ ވީޑިއޯ ނަގާފައިވަނީ ޕްރިންސް ހެރީއެވެ. އެއްވެސް ފިލްޓަރެއް ނެތި ނަގާފައިވާ މި ވީޑިއޯ ކްލިޕަކީ ކެލިފޯނިއާގެ މޮންޓެސިޓޯގައި ހުންނަ އެމީހުންގެ ގެ ކައިރީގައި އޮންނަ ގޮނޑުދޮށެއްގައި ނަގާފައިވާ ވީޑިއޯއެއް ކަމަށް ރިޕޯޓުތައް ބުނެފައެވެ.
ކުރީގެ ބަތަލާ ދަ ކަޓް އާއި ވާހަކަ ދައްކައިގެން އިންސްޓަގްރާމްގައި އެނބުރި އައުމުގެ އިޝާރާތެއް ފުރަތަމަ ދިންތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މެގަން ސޯޝަލް މީޑިއާއަށް ދޫކޮށްލި މި ވީޑިއޯއަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ހުއްޓިފައެވެ.
އިނގިރޭސި ޝާހީ އާއިލާއާ 2018 ވަނަ އަހަރު ގުޅުމުގެ ކުރިން މެގަންގެ އަމިއްލަ ނަމުގައި އިންސްޓަގްރާމް އެކައުންޓެއްގެ އިތުރުން ލައިފްސްޓައިލް ބްލޮގެއް ކަމަށްވާ ދަ ޓިގްގައި ވެސް 3 މިލިއަން ފޮލޯވަރުން ތިއްބެވެ. ހެރީއާ އެންގޭޖްވުމުގެ މަދު މަސްތަކެއް ކުރިން 2017 ވަނަ އަހަރުގެ އޭޕްރީލް މަހު އޭނާގެ ބްލޮގް ބަންދުކޮށް، ޖެހިގެން އައި ޖެނުއަރީ މަހު ސޯޝަލް މީޑިއާ ޕޭޖްތައް ޑިލީޓް ކުރިއެވެ.