ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް ގެ ކުއާޓާ ފައިނަލްގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސަންސް އޮފް ލޮންސް އާއި އެފްސީ ޒެފިއާއެވެ
މިރޭ 21:00ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި މި ދެ ޓީމް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެފްސީ ޒެފިއާ ކުއާޓާ ފައިނަލަށް ދަތުރުކުރީ، ގްރޫޕް ޑީގެ ދެވަނަ ޓީމްގެ ގޮތުގައި 05 ޕޮއިންޓާއި އެކުއެވެ. މި މުބާރާތުގައި އެ ޓީމުން ޖުމްލަ ހަތަރު މެޗު ކުޅެފައިވާއިރު، އެއްމެޗުން މޮޅުވެ. ދެ މެޗުން އެއްވަރުވެ އެއް މެޗުން އެ ޓީމް ވަނީ ބަލިވެފައެވެ. މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ އެންމެ ގިނަ ޕޮއިންޓާއި އެކު ބައިކޮޅަށް އެއްވެސް ލަނޑެއް ނުވަދެ ސަންސް އޮފް ލޮންސް އިން ކުއާޓާގެ ޖާގަ ކަށަވަރަކުރީ ގުރޫފް ސީ ގެ އެއްވަނަ ޓީމްގެ ގޮތުގައި އޮވެ ޖުމްލަ ބާރަ ޕޮއިންޓު ލިބިގެންނެވެ. އެ ޓީމުން މުބާރާތުގައި ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ.
މިރޭ 22:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި އެފްސީ ހަބޭސް އާއި ގަބުރު އެފްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ކުއާޓާ އާއި ހަމައަށް ގަބުރު އެފްސީ ދަތުރުކުރީ ޖުމްލަ 08 ޕޮއިންޓާއެކުގައެވެ، މި މުބާރާތުގައި އެ ޓީމް ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު، ދެ މެޗުން އެ ޓީމްވަނީ އެއްވަރުވެފައެވެ .އެފްސީ ހަބޭސްއަށް މުބާރާތުގެ ޑީ ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޖުމްލަ ދިހަ ފޮއިންޓާއި އެކު ކުއާޓާގެ ޖާގަ ކަށަވަރަކުރިއިރު އެ ޓީމުން ކުޅުނު ތިން މެޗުން މޮޅުވެ އެއްމެޗުން ވަނީ އެއްވަރުވެފައެވެ،
މިރޭގެ ކުއާޓާ ފައިނަލްގެ މެޗުތައް “އޭއޯ” އިން ލައިވްކުރުމަށް ވަނީ ނިންމާފައެވެ.