ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓްގެ ދެ ވަނަ މެޗުގައި ހަބޭސް އެފްސީ އާއި ކަލްބް ރިވެރިން ނެކްސަސް ބައްދަލުކުރި މެޗު 1 ލަނޑު 0 ލަނޑުން ކްލަބް ރިވެރިން ނެކްސަސް އިން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި ކުއާޓާ ފައިނަލަށް ޕެނެލްޓީ އާއި ހަމައަށް ނުގޮސް ދަތުރު ކުރި ހަބޭސް އިން މުޅި މެޗުގައިވެސް ވަރުގަދަ ކުޅުމެއް ކުޅެފައިވާއިރު އެ ޓީމުންވަނީ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ހަބޭސް އަށް ލިބިފައިވާއިރު އެ ޓީމުންވަނީ ކުޅަދާނަކަމާއެކު ރިވެރިންގެ އޭރިއާ ތެރޭގައި ގިނަ އިރު ބޯޅަ ހިފަހައްޓާ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ރިވެރިން އަށް ލިބުނު ހިލޭ ޖެހުމެއް ގޯލަށް އަމާޒުކޮށް ހޫދު ލަތީފް އެ ޓީމު ފައިނަލަށް ދަތުރުކުރި ލަނޑު ކާމިޔާބުކޮށްދީފައިވާއިރު މެޗު ނިމިގެން ދިޔައީ އެ ނަތީޖާ ބަދަލުކުރާނެ ފުރުސަތެއް ހަބޭސް އަށް ނުލިބިއެވެ،
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޫދު ހޮވިފައިވާއިރު މި މުބާރާތުގެ ފައިނަލްގައި ކަލްބް ރިވެރިން ނެކްސަސް ބައްދަލުކުރާނީ ލޮތަރި އެފްސީ އާއެވެ.
މިމެޗު އޭއޯ ނިއުސް އިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.