English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް “ލޮތާރި ސްޓްރީޓް”. ކޮވިޑް19 އާއި ގުޅިގެން މެދުކެނޑުމަށްފަހު މި އަހަރު ބާއްވާނެކަމަށް މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދާ ކްލަބް ލޮތާރީން ވަނީ ބުނެފައެވެ.

ކްލަބް ލޮތާރިން، މީގެ ކުރިން “ގައުމު ސްޓްރީޓް” ގެ ނަމުގައި ބާއްވަމުން އައި މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ “ލޮތާރި ސްޓްރީޓް: 3 ދަ ރިވެމްޕް” ގެ ނަމުގައެވެ. މިއީ އެ ކްލަބް ރަސްމީކޮށް ރަޖިސްޓްރީ ވި ފަހުން ބާއްވާ ފުރަތަމަ މުބާރާތެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އައްޑޫ ސިޓީގެ ޓީމްތަކަށް ފުރުސަތު ހުޅުވާލައިގެންނެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ގަވާއިދު އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ކްލަބުގެ ވެބްސައިޓުން (lothari.club) ޑައުންލޯޑްކުރެވޭނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 30 ޖުލައި 2022 ހޮނިހިރު ދުވަހެވެ.

ލޮތާރި ސްޓްރީޓް 3: ދަ ރިވެމްޕް” އާ ގުޅޭ އިތުރު މަޢުލޫމާތު އެ ކްލަބުގެ ނަންބަރު 7877183 އިން ލިބޭނެ އެވެ.