English Edition
Dhivehi Edition

” ގައުމު ސްޓްރީޓް ސޮކާ ކަޕް ”ގައި ކްލަބް ރިވެރިން ނެކްސަސް ބަލިކޮށް ލޮތަރި އެފްސީ އިން މުބާރާތް ކާމިޔާބުކޮށްފިއެވެ.

ލޮތަރި އެފްސީ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅެވުނު ފައިނަލް މެޗްގައި ހިތަދޫ ކްލަބް ރިވެރިން ނެކްސަސް 1 ލަނޑު 0 ލަނޑުން ބަލިކުރުމަށްފަހުގައެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ހާފްގައި ގިނަ އިރު ބޯޅަ ގެންގުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ކްލަބް ރިވެރިން ނެކްސަސް އަށްވަނީ ލިބިފައެވެ. އެހެންނަމެސް ލޮތަރި އެފްސީގެ ޑިފެންސުން މި ހަމަލާތައް ދިފާއުކޮށްފައިވާއިރު ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިންނެވެ

މި މެޗްގެ ދެވަނަ ހާފްގައި ލޮތަރި އެފްސީ އިން ކުޅުން އިތުރަށް ވަރުގަދަކޮށްފައިވާއިރު މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ފަހު ހާފްގެ 11 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދީނީ އެޓީމްގެ ރަޔަންއެވެ. ރަޔަން ގެ ލަނޑާއެކު މެޗުގެ ކުޅުން އިތުރަށް ފޯރިގަދަވެގެން ދިޔައިރު ކަލްބް ރިވެރިން ނެކްސަސް އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް މެޗު ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއިން ލޮތަރި އެފްސީ މުބާރާތް ކާމިޔާބުކޮށްގެންނެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅު މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ރަޔަން އެވެ.