ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް ގެ ކުއާޓާ ފައިނަލްގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޗެލެންޖާސް އާއި ލޮތަރި އެފްސީއެވެ.
މިރޭ 21:00ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި މި ދެ ޓީމް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެފްސީ ޗެލެންޖާސް ކުއާޓާ ފައިނަލަށް ގޮސްފައިވަނީ 10 ޕޮއިންޓާއި އެކު ގުރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މި މުބާރާތުގައި އެ ޓީމުން ޖުމްލަ ހަތަރު މެޗު ކުޅެފައިވާއިރު، ތިން މެޗުން މޮޅުވެ އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މިރޭގެ މެޗުގައި އެފްސީ ޗެލެންޖާސް އާއި ބައްދަލުކުރާ ލޮތަރި އެފްސީ އިން ކުއާޓާގެ ޖާގަ ކަށަވަރަކުރީ ގުރޫފް ސީ ގެ ދެވަނަ ޓީމްގެ ގޮތުގައި، ޖުމްލަ ހަ ޕޮއިންޓް ލިބިގެންނެވެ. އެ ޓީމުން މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން 02 މެޗުން މޮޅުވެފައިވާއިރު އެ ޓީމްވަނީ ދެ މެޗުން ބަލިވެފައެވެ.
މިރޭ 22:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި އުސްގަނޑަ އެފްސީ އާއި ކްލަބް ރިވެރިން ނެކްސަސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ، ކުއާޓާ އާއި ހަމައަށް ކްލަބް ރިވެރިން ދަތުރުކުރީ ޖުމްލަ ހަތް ޕޮއިންޓާއެކުގައެވެ، މި މުބާރާތުގައި އެ ޓީމް ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު، އެއްމެޗުން ބަލިވެ، އެއްމެޗުން އެ ޓީމްވަނީ އެއްވަރުވެފައެވެ. އުސްގަނޑައެފްސީ އަށް މުބާރާތުގެ ބީ ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޖުމްލަ ދިހަ ފޮއިންޓާއި އެކު ކުއާޓާގެ ޖާގަ ކަށަވަރަކުރިއިރު އެ ޓީމުން ކުޅުނު ތިން މެޗުން މޮޅުވެ އެއްމެޗުން ވަނީ އެއްވަރުވެފައެވެ،
މިރޭ ފެށީ ކުއާޓާ ފައިނަލްގެ މެޗުތައް “އޭއޯ” އިން ލައިވްކުރުމަށް ވަނީ ނިންމާފައެވެ.