English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ހާލުކޮޅު ރަނގަޅުކަމަށާއި ބަލީގެ އަލާމާތްތައް ވަރަށް ކުޑަކަމަށް ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވިޓެއްގައެވެ. މައުމޫން ޢަބްދުލްޤައްޔޫމް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އެމަނިކުފާނު ކުރެއްވި ޓުވިޓެއްގައި ވަނީ އެމަނިކުފާނުގެ އިތުރުން ކޮވިޑް ބަލި ޖެހިފައިވާ އެންމެނަށް އަވަސް ޝިފާއަކަށާއި ފުރިހަމަ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރައްވާފައެވެ

ރައީސް މައުމޫން ކޮވިޑަށް ޓެސްޓުކުރެއްވީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ވަޑައިގެންނެވުމުންނެވެ. އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ފޮނުވަމުންނެވެ.

ރައީސް މައުމޫންގެ އުމުރުފުޅުން 82 އަހަރުވެފައިވާއިރު، އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ ކޮވިޑް-19ގެ ހައި ރިސްކް ކެޓަގަރީގައެވެ.