އައްޑޫ ވިލިނގިލީގައި ހިންގަމުން އައި ޝަންގްރިއްލާ ރިސޯޓު ބަންދުކުރުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ޝަންގްރިއްލާގެ މެނޭޖްމެންޓާއި މަޝްވަރާ ކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޝަންގްރިއްލާ ރިސޯޓުގެ މެނޭޖުމަންޓާ ފޯނު ކޮންފަރެންސެއް މެދުވެރިކޮ ށްރިސޯޓު ބަންދުކުރަން ޖެހުމާ ގުޅިގެން މަޝްވަރާ ކުރެވިފައިވާކަމަށެވެ. ނަމަވެސް މި މަޝްވަރާއާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ސިޓީ ކައުންސިލުން ދެއްވާފައިނުވާއިރު ޝަންގްރިއްލާ ރިސޯޓު ބަންދުކުރުމާ ގުޅިގެން އެ ރިސޯޓުގައި މަސައްކަތް ކުރަމުން އައި އައްޑޫގެ ފަސްސަތޭކަ އެއްހާ މީހުންގެ ވަޒީފާވަނި ގެއްލިފައެވެ.
ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރ އެ ރިސޯޓުގެ މުވައްޒަފުންނަށް ފޮނުވި ލިއުމެއްގައި ބުނެފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން ކުރި ނޭދެވޭ އަސަރުތަކުގެ ސަބަބުން މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ރިސޯޓު އޮތީ ބަންދުކޮށްފައިކަމަށާއި ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން ތަފާތު އެކި ގޮތްގޮތަށް ބެލި ނަމަވެސް ކުންފުނީގެ ވިޔަފާރިއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ރިސޯޓު ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.
ކޮވިޑް19ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅު އައްޑޫގައި ހިންގަމުން އަންނަ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމަށް ނިންމިއިރު މީގެ ކުރިން އެ އަތޮޅުގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓުގެވެސް ވަނީ ދެ އަހަރުގެ މުއްދަކަތަށް ބަންދު ކުރަން ނިންމާފައެވެ.