English Edition
Dhivehi Edition

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ހެލްތު ވޯކަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެޗްއީއޯސީގައި އަދި ކޮވިޑްގެ ބަލި މީހުންނަށް ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތް ކުރުމަށް މެޑިކަލް އޮފިސަރުންނާއި ނަރުހުން އަދި ހެލްތު ވޯކަރުން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިމަސައްކަތަށް ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ލައިސަންސް އަދި ރަޖިސްޓްރޭޝާނާއެކު ލިޔެކިޔުންތައް ފޮނުވުމަށް އިއުލާންގައި ވަނީ ބުނެފައެވެ

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް މަޑުޖެހުމެއް ނާންނައިރު، ބައްޔަށް ފަރުވާދޭންތިިބި މީހުން ވަރުބަލިވެ، ފަރުވާ ދޭން ތިބޭ ސިއްހީ އެހީތެރިންގެ އަދަދު މަދުވެދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ، މި ގޮތުން އައިޖީއެމްއެޗުގެ ކްލިނިކަލް އެޑްވައިޒަރީ މެނޭޖުމެންޓް ޓީމުގެ މެންބަރު އަދި އެތެރެހަށީގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ވިދާޅުވީ ކޮވިޑް19ގެ ބަލި ރާއްޖެއިން ފެނުނު ހިސާބުން މި ބައްޔަށް ފަރުވާދިނުމަށް ސިއްހީ ދާއިރަގެ ގިނަ ހިދުމަތްތެރިންނެއް މަސައްކަތް ކުރަމުންދާކަމަށާއި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހޭ ކޭސްތައް ގިނަވުމަކީ ސިއްހީ އެހީތެރިންވެސް ވަރުބަލިވާނެ ކަމެއްކަމަށެވެ.