English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި އެފްސީ ޒެފިއާ އާއި އެފްސީ ހަބޭސް ބައްދަލުކުރި މެޗު އެފްސީ ހަބޭސް އިން ކާމިޔާބުކޮށްފިއެވެ

މިއަދު ހަވީރު ކުޅުނު މެޗު އެފްސީ ހަބޭސް އިން ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުނެންވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގެ ދެ ވަނަ ހާފްގައި ދެ ޓީމުންވެސް ކުޅުން އިތުރަށް ވަރުގަދަކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ދެ ޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައިރު އެފްސީ ޒެފިއާ އާއި އެފްސީ ހަބޭސްއަށްވަނީ ފައުލް ހަމަވެ ޕެނެލްޓީ ލިބިފައެވެ. މި ގޮތުން އެފްސީ ޒެފިއާއަށް ލިބުނު ޕެނެލްޓީ ނާކާމިޔާބު ވިއިރު، އެފްސީ ހަބޭސް އަށް ލިބުނު ޕެނެލްޓީ ގޯލަށް އަމާޒުކޮށް އެ ޓީމްގެ ލަނޑު ކާމިޔާބުކޮށްދިނީ އިމްރާންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ހަބޭސްގެ ޕެނެލްޓީ ކާމިޔާބުކޮށްދިން އިމްރާންއެވެ،