English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި ކްލަބް ރިވެރިން ނެކްސަސް އާއި އެފްސީ ބީރިކަނާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެފައިވާއިރު ދެ ޓީމުންވެސް ވަނީ މި މެޗުގައި ވަރުގަދަ ކުޅުމެއް ކުޅެފައެވެ. މި ގޮތުން މެޗުގެ ފުރަތަމަ ހާފްގެ އަށްވަނަ މިނިޓްގައި ކްލަބް ރިވެރިން ނެކްސަސް އިން ލަނޑެއް ޖަހާފައިވާއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފަހުމީއެވެ. އަލީ ފަހުމީގެ ލަނޑާއެކު އެފްސީ ބީރިކަނާއިން ކުޅުން އިތުރަށް ވަރުގަދަކޮށްފައިވާއިރު އެ ޓީމަށް ކާމިޔާބުކުރެވުނު ލަނޑަކީ ރިވެރިން ނެކްސަސް ގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ސަބަބުން ލިބުނު ޕެނެލްޓީއެއް ގޯލަށް އަމާޒުކޮށް އިބްރާހީމް ހޫދު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފްގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކށް ހޮވުނީ ކްލަބް ރިވެރިން ނެކްސަސްގެ އަމީން އިބްރާހީމްއެވެ.