English Edition
Dhivehi Edition

ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވަރުގަދަ ސަންސް އޮފް ލޮންސް ބަލިކޮށް ލޮތަރި އެފްސީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗު ލޮތަރި އެފްސީ އިން ކާމިޔާބުކުރީ ޕެނެލްޓީ ޖަހައިގެން 2 ލަނޑު 1 ލަނޑުންނެވެ،

ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ހަމަލާތަކެއް އުފައްދާފައިވާ އިރު ދެ ޓީމުގެ ކީޕަރުންވެސް ވަނީ ހުށިޔާރުކަމާއެކު ހަމަލާތައް ދިފާއުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މިމެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ފުރަތަމަ ޕެނެލްޓީ ލޮތަރި އެފްސީގެ ޒާލިފު ކާމިޔާބުކޮށްދިން އިރު މި މެޗުގައި އެ ޓީމުން ޖެހި ދެވަނަ ޕެނެލްޓީވަނީ ނާކާމިޔާބުވެފައެވެ. ރަޔަންގެ ޕެނެލްޓީ އާއި އެކު ލޮތަރި އެފްސީ މޮޅުވިއިރު ސަންސް އޮފް ލޮންސް އިން ޖެހި ފުރަތަމަ ޕެނެލްޓީ ކާމިޔާބުވެފައިވާއިރު، ދެ ޕެނެލްޓީވަނީ ނާކާމިޔާބުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުބާރާތުގެ ފައިނަލާއި ހަމައަށް ވަރުގަދަ ޓީމްތަކާއި ވާދަކޮށް ދަތުރުކުރު ލޮތަރި އެފްސީގެ ޒާލިފްއެވެ.