English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ޒެފިއާ އާއި މަރަދޫ ޔުނައިޓެޑް އެވެ. މި މެޗު ނިމުނީ ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތެއް ނުލިބި 0-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި އެފްސީ ޒެފިއާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު، އެ ޓީމްގެ އީމާން ނަސީރުވަނީ ގޯލަށް އަމާޒުކޮށް ގިނަ ހަމާލަތައް ފޮނުވާފައެވެ. މުޅި މެޗުގައިވެސް ދެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފި މެޗު ނިމިގެން ދިޔައިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަރަދޫ ޔުނައިޓެޑްގެ ހުސައިން ވިފާގްއެވެ’

މި މުބާރާތުގައި މަންތަރަ އެފްސީ އާއި ޒެފިއާ ބައްދަލުކުރި މެޗު 2-2ކުން އެއްވަރުވެފައިވާއިރު އެ ޓީމް ދެން ކުޅޭ މެޗެއްގައި ބައްދަލުކުރާނީ އެފްސީ ހަބާސް އާއެވެ. މި މުބާރާތުގައި މަރަދޫ ޔުނައިޓެޑް އާއި ކްރޯސް ބައްދަލުކުރި މެޗު 2 ލަނޑު 1 ލަނޑުން މަރަދޫ ޔުނައިޓެޑް ކާމިޔާބުކޮށްފައިވާއިރު ދެން އެ ޓީމް ކުޅޭ މެޗެއްގައި ބައްދަލުކުރާނީ އެފްސީ މަންތަރައާއެވެ.