English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި، ޔުނައިޓެޑް ބޯއިސް އާއި މަންތަރަ ޖޫނިއާސް ބައްދަލުކުރި މެޗު 1 ލަނޑު 1 ލަނޑުން އެއްވަރުވެއްޖެއެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް އެހާ ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއި ނުވާއިރު މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުންވެސްވަނީ އިތުރަށް ކުޅުން ވަރުގަދަކޮށް ގިނަ ހަމާލާތަކެއް އުފާއްދާފައެވެ. މި މެޗުގެ 31 ވަނަ މިނިޓްގައި ޔުނައިޓެޑް ބޯއިސްގެ މީސަމް މޫސާ ލަނޑެއް ޖަހާފައިވާއިރު، މީސަމްގެ ލަނޑާއެކު މެޗުގެ ކުޅުންވަނީ އިތުރަށް ފޯރިގަދަވެފައެވެ.

މި މެޗުގައި ޔުނައިޓެޑް ބޯއިސް އިން ގަނަ ފައުލްތަކެއް ކޮށްފައިވާއިރު، ފައުލް ހަމަވެ ލިބުނު ހިލޭޖެހުންތަކުގައި މަންތަރަ ޖޫނިއާސްއަށްވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ، އެހެންނަމަވެސް އެ ޓީމަށް ލިބުނު ދެ ހިލޭޖެހުންވެސް ބޭކަރުވެފައިވާއިރު، އެ ޓީމުން ޖެހި ހަމައެކަނި ގޯލަކީ ލިބުނު ހިލޭ ޖެހުމެއް ގޯލަށް އަމާޒުކޮށް އިބްރާހީމް ފާރޫޤް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީސަމް އެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ގަބުރު އެފްސީ އާއި އާއި ނޮރިންމަ އެފްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ މަންތަރަ އާއި އެފްސީ ޒެފިއާއެވެ. ތިންވަނަ މެޗުގައި އެފްސީ ގަންބުރި އާއި އެފްސީ ޗެލެންޖާސް އިން ބައްދަލުކުރާއިރު ރޭގަނޑުގެ މެޗުތައް ފެށޭ ގަޑިއަކީ 20:30 ހެވެ