English Edition
Dhivehi Edition
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ، މިއަދު ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ 64 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މީހާ ނިޔާވެފައި ވަނީ މިއަދު ހަވީރު 5:36 ހާއިރު ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އަންހެން މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

ރާއްޖޭގައި މި ބަލިޖެހިގެން މިހާތަނަށް 23 މީހުން މަރުވެފައިވާއިރު ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފަޔަވަޅުތަކެއް އަޅަމުންނެވެ.