English Edition
Dhivehi Edition

ތައުލީމީ ދާއިރާއިން އައްޑޫ ސިޓީ މީދޫއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސ.މީދޫ ހެޕީވިލާ، މުހައްމަދު މަޖީދު ނިޔާވެއްޖެއެވެ.

މުހައްމަދު މަޖީދު ނިޔާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއުޅުމަށްފަހު، މިއަދު ފަތިހުގެ ވަގުތެއްގައެވެ. މުހައްމަދު މަޖީދު ނިޔާވިއިރު އުމުރުފުޅަކީ 82 އަހަރެވެ.

މީދޫގެ ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނެވި މުހައްމަދު މަޖީދު އަކީ ތައުލީމީ ދާއިރާއަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.މުހައްމަދު މަޖީދުއަކީ ދަރިވަރުންނަށް އުގަންނައިދެއްވުމުގެ އިތުރުން، ދަރިވަރުން ތަރުބިއްޔަތުކޮށް، އިސްލާމީ ރީތި އުސޫލުތައް އުގަންނައި ދެއްވުމުގެ ބުރަ މަސްޢޫލިއްޔަތުވެސް އުފުލެއްވި ހިންގުންތެރިއެކެވެ.

މިގޮތުން 1 ސެޕްޓެމްބަރު 1979 ގައި މީދޫގައި އޭރު ހިންގި މަދަރުސަތުލް ހިދާޔާގެ މުދައްރިސެއްގެ ގޮތުގައި ވަނީ މަސައްކަތްކުރައްވާފައެވެ. އަދި މީލާދީން 1 އެޕްރީލް 1980 ވަނަ އަހަރު، މުހައްމަދު މަޖީދުވަނީ އެ ސްކޫލްގެ ނާޒިރުކަމާއި ހަވާލުވެ ވަޑައިގެންފައެވެ. އަދި އެއަހަރު ތެރޭގައި، މުހައްމަދު މަޖީދުގެ މިންނެތް މަސައްކަތާއި އެކު މަދަރުސަތުލް ހިދާޔާގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ގައުމީ މުގައްރަރާއި އެއްގޮތަށް ކިޔަވައިދޭން ފެށުނެވެ.

1981 ވަނަ އަހަރު މަދަރުސަތުލް ހިދާޔާގެ ނަން މީދޫ ސްކޫލަށް ބަދަލުވެގެން ދިޔައިރު، މުހައްމަދު މަޖީދުގެ ބެއްލެވުމުގެ ދަށުން ސްކޫލު އަލުން އިމާރާތްކޮށް، ތައުލީމީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްވަނީ ކުރައްވާފައެވެ. މުހައްމަދު މަޖީދު މީދޫ ސްކޫލް ހިންގަވާތާ 12 އަހަރާއި 06 މަސްފަހުން، އެޑިއުކޭޝަން މިނިސްޓްރީންވަނީ މުހައްމަދު މަޖީދަށް ގާޒީ މުހައްމަދު ޝަމްސުއްދީން ސްކޫލުގެ ނަޒީރުކަން ދެއްވާފައެވެ

މާތް ﷲ މުހައްމަދު މަޖީދުގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި! آمین

 

މައުލޫމާތު: https://meedhoo.com