English Edition
Dhivehi Edition
ސަންދާން އަހައްމައިދީ

ސިޔާސީ ދާއިރާ އަދި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު ހިދުމަތްތެރިޔާ އިބްރާހިމް ދީދީ (ސަންދާން އަހައްމައިދީ) ނިޔާވެއްޖެއެވެ.

އާލާސްކަން ފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން ސަންދާން އަހައްމައިދީ ނިޔާވީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ނިޔާވި އިރު އުމުރުފުޅަކީ 72 އަހަރެވެ.

ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ގާއިމުކޮށް ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވި އަހައްމަދީ ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އިންޓަރނެޓްގެ ޒަރީއާއިން ނޫހެއް ނެރެން ފަށާފައެވެ. މި ގޮތުން ‘ސަންދާން’ ގެ ނަމުގައި ނެރެން ފެށި މި ނޫހުގައި އޭރުގެ ދިވެހި ދައުލަތާ ރައީސް މައުމޫނަށް ފާޑުވިދާޅުވެ ލިޔުއްވި ބައެއް ލިޔުންތަކާ ގުޅިގެން 2002 ވަނަ އަހަރު އަހައްމައިދީ އުމުރަށް ޖަލަށް ލެއްވިއެވެ.

އޭގެ ފަހުން 2006 ވަނައަހަރު އަހައްމައިދީއަށް ރައީސް މައުމޫން ވަނީ މައުފު ދެއްވާފައެވެ. މީގެ އިތުރުން މައުމޫނުގެ 30 އަހަރުވީ ވެރިކަން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަހައްމައިދީ ވަނީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައެެވެ.