English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

އައްޑޫ ސިޓީ ހިތަދޫ ފުލުހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނިޔާވެފައިވަނީ އައްޑޫ ސިޓީ ގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓްގައި ޑިއުޓީ ކުރާ ސްޕެޝަލް ކޮންސްޓަބުލަރީ ގައި މަސައްކަތްކުރާ 22 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނީ ރޭ އިޝާ ނަމާދަށް ދިޔަގޮތަށް އެ ފުލުސް މީހާ ގެއަށް ނައިސްގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 12:40 ހާއިރުކަމަށެވެ. އަދި ފުލުސްމީހާ ނުފެނިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ހިތަދޫ ސްވިމިންގ ޓްރެކް ސަރަހައްދު މޫދުން ރޭ ދަންވަރު 1:40 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.