English Edition
Dhivehi Edition

ރައްޔިތުން ވެރިކަން ދިނީ އެމްޑީޕީއަށް ނޫން ކަމަށާއި ސަރުކާރުގެ ގިނަ ވަޒީރުން ކަން ކުރަނީ ޕާޓީއަށް ހުތުރުވާ ގޮތަކަށް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ ކޮވިޑް-19 ގެ ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓްތަކުން ފެންމަތިވި ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މި ބަހުސްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ރައްޔިތުން ވެރިކަން ދިނީ ކޯލިޝަނަށް ކަމަށާއި، އެ ކޯލިޝަންގައި ހިމެނޭ ގިނަ ވަޒީރުން މަސައްކަތް ކުރަނީ އެމްޑީޕީގެ ބޮލުގައި ކަންކަން އެޅުވުމަށް ކަމަށެވެ. “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޯލިޝަންގައި ހިމެނޭ 60 ޕަސަންޓް ވަޒީރުން މަސައްކަތް ކުރަނީ. އެމްޑީޕީއަށް ހުތުރުވާ ގޮތަށް، އެމްޑީޕީ ބޮލުގައި ކަންކަން އެޅުވުމަށް، އިލްޒާމް އެޅުވުމަށް. އެމްޑީޕީން މި ކަންކަން (ވައްކަމާއި ކޮރަޕްޝަން)ގެ ކަންކަން ކުރަމުންދާ ކަން ދެއްކުމަށް” އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން، ސަރުކާރަށް ޖެއްސުންކުރަމުންދާކަމަށް ބުނެ ދައްކަމުންދާ ވަހަކަތައް ރައްދުދެއްވަމުން އާޒިމް ވިދާޅުވީ މަޖިލީހުން ކުރާ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށާއި އެއީ ކޮރަޕްޝަން ހިންގާ ވަޒީރުންނަށް ފިޔަވަޅު އެޅުން ކަމަށެވެ.

1 ކޮމެންޓް
އީސާތައްކާނު
އޮގަސްޓް 18, 2020
ބަދުނާމުވެ ނަޖިސްވެފަ ތިބިބަޔަކު އިތުރަށް ވާނެ ބަދުނާމެއް ނޯންނާނެ. ފެނުގެ ތެރެއަށް ހަކުރުއަޅާ ފޮނިކޮށްލުމަށްފަހުން ދެން ފޮނިކުރަން އިތުރަށް ހަކުރުއެޅިޔަސް ވާނެ ފޮނިކަމެއް ނޯންނާނެ.