English Edition
Dhivehi Edition

ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގަތުމަށް ކުރި މަސައްކަތުގެ ތެރެއިން މަކަރާ ހީލަތް ހަދާފައިވާ މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް ވެސް ތަހުގީގު ހިންގަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ހަރަދުތަކާ ގުޅިގެން ހެދި ކޮމްޕްލަޔަންސް އޮޑިޓްގައިވާ ގޮތުން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަމުގައި އެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ އާއި ގުޅިގެން ޝީޔާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލިއްޔަތު ގާނޫނާ ހިލާފަށް ފިނޭންސް މިނިސްޓަރު، ވެންޓިލޭޓަރުތަކުގެ ޓޯޓަލް ވެލިއުގެ %90 ޕޭކުރުން، އެއީ ހިންގާފައި އޮތް ބޮޑު ޖަރީމާއެއްކަމަށާއި މި މައްސަލަ ތަހުގީގުކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން ޝިޔާމް ވަނީ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓު ބެލުމުން ފެންނަނީ ހަމައެކަނި އެ މިނިސްޓްރީގެ މައްސަލައެއް ނޫންކަން ފާހަގަކުރައްވާފައެވެ.

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގައި ބޮޑެތި އޮޅުވާލުންތަކެއް އެކުލެވޭކަމަށް މީގެ ކުރިންވެސް ގިނަ ބަޔަކު ތުހުމަތުކޮށްފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި ރިޕޯޓާއި ގުޅިގެން މި މައްސަލަވަނީ އިތުރަށް ހޫނުވެފައެވެ،