English Edition
Dhivehi Edition
2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާ: ފޮޓޯ ރައްޔިތުންގެ މަޖިލީސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާފައި ވާނީ ކޮވިޑް-19އަށް ވެކްސިނެއް ލިބިއްޖެ ނަމަ، އެ ވެކްސިނެއް ރައްޔިތުންނަށް ފޯރުކޮށްދެވޭ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ ތަފްސީލުތައް ދެއްވަމުން އަމީރު ވިދާޅުވީ އި، މި އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަމަށާއި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 200 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ކޮވިޑް-19 ގެ ބައްޔަށް ފަރުވާ ދިނުމަށް ހިންގަން ނިންމާފާއިވާ އޮޕަރޭޝަންތަކަށްކަން ފާހަގަކޮށް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ވެކްސިނެއް ލިބިއްޖެ ހާލަތެއްގައި ވެކްސިން ގަންނާނެ ފައިސާ ވެސް ހިމަނާފައިވާކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ދިރިއުޅުމަށް އަސަރު ކުރި ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭން ފަށާފައިވާ އެހީތައް އަންނަ އަހަރު ވެސް ފޯރުކޮށްދިނުމަށް ބަޖެޓުގައި ހިމަނާފައިވާކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ސަރުކާރުން 37.4 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.