ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ނޭދޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން, ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ޕިޖީ އިން ނިންމުމާއި ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ފާޑުވ ވިދާޅުވެ ރައީސް ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.
Ventilator ge massalaiga mathi jehuna dheefinama,Raajjeyge rayyithunah ithurah libeyne gellun bodu.Sarukaaru mikamuga baiverifevathan fennanee.Vakkan kuraa sarukaaraka ekee MDP onnakah neydheyne.Mikankan badhalkuranjehey adhi rayyithuna ekuga alhugadu mikamugai dhoodheykah nethin
— Mohamed Nasheed (@MohamedNasheed) March 27, 2021
ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރެއްވި ޓުވީޓެއްގައި ވަނީ ވެންޓިލޭޓަރު މައްސަލާގައި މަތި ޖެހުނަ ދީފި ނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުވާނެކަމަށެވެ. ސަރުކާރުން މިކަމުގައި ވަރަށް ބޮޑަށް ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ނޭދޭކަމަށެވެ. “މިކަން ބަދަލުކުރަންޖެހޭ. އަދި ރައްޔިތުންނާއި އެކު އަޅުގަނޑު މިކަމުގައި ދޫ ދޭކަށް ނެތިން” ރައީސް ނަޝީދު ވިދާޅުވިއެވެ.
ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލަ ބެލުމުގައި ޕީޖީ ޝަމީމް ފެއިލްވެފައިވާކަން ފާހަގަކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވަނީ ރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފެންނަކަމަށް ވިދާޅުވެފައެވެ. އަދި މި މެސެޖް ޝަމީމްއަށް ވެސް ރައީސް ނަޝީދު ވަނީ ކުރައްވާފައެވެ.