English Edition
Dhivehi Edition

ރާއްޖޭގެ އިޤްތިސާދު މިހާރު ހުރި ވަރަށްވުރެ ދަށަށްނުދާނޭހެން ޚަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ގާތްގަނޑަކަށް 6 އިންސައްތައަށް ޚަރަދު ކުޑަކުރަން ނިންމާފައވާ ކަމަށެވެ.

“ކޮވިޑުގެ ތެރޭގައި 2020 ވަނަ އަހަރު ހުށަހެޅީ 37 ބިލިއަން ރުފިޔާ. އެހެންނަމަވެސް ޚަރަދުކުރީ 28 ބިލިއަން ރުފިޔާ. އޭރު ވެސް ޚަރަދު ކުޑަކުރިން. މި އަހަރުގެ މިހާތަނަށް ރިކަރަންޓް ޚަރަދުން 22 އިންސައްތަ ވާނީ ކުޑަކޮށްފަ.” މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ދަތުރަށް ކުރާ ޚަރަދުތައް ފަދަ ގިނަ ޚަރަދުތަކެއް ކުޑަކުރާނެ ކަމަށާއި އާމްދަނީ އާއި ޚަރަދާ ގުޅޭ ސިޔާސަތުތަކަށް ބަދަލު ނުގެންނަ ނަމަ، ދައުލަތުގެ އާމްދަނީ 2025 ގައި 30 ބިލިއަނަށް އަރާނެ ކަމަށެވެ.

އެހެންނަމަވެސް މިހާރު ޚަރަދުތައް ހުރި ގޮތުން 2024 ގައި 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހޭނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި ޚަރަދުތައް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ސިޔާސުތައް އެކަށައަޅަން ޖެހޭ ކަމަށް ވެސްވިދާޅުވިއެވެ.