English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް” ގައި މިއަދު ކުޅުނު ފުރަތަމަ މެޗު އެފްސީ އުސްގަނޑުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު އުސްގަނޑުން ކާމިޔާބު ކުރީ ‘ކަޅަ ބެންޗާ’އި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އުސްގަނޑު ޓީމުން ލަނޑެއް ކާމިޔާބުކޮށްފައިވާއިރު، މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހްމަދު ޔުސްރުއެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު ކަޅަބެންޗުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޝާމިން އެވެ.

ދެ ޓީމުންވެސް ފޯރިގަދަ، ވަރުގަދަ ކުޅުމެއް ކުޅުނު މި މެޗުގެ ދެވަނަ ހާފްގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފައެވެ. މިގޮތުން އުސްގަނޑުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހީމްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ކުޅުނު ޝާން އެވެ.

މިރޭވެސް މި މުބާރާތުގައި ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.