English Edition
Dhivehi Edition

ސ.މީދޫ ގައުމު އެފްސީ އިން އިސްނަގައިގެން ބާއްވާ “ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް” ގައި ކުޅުނު ފުރަތަމަ މެޗު މީދޫ އެފްސީ ޗެލެންޖާސްއިން ކާމިޔާބުކޮށްފިއެވެ

ރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު އެފްސީ ޗެލެންޖާސް އިން ކާމިޔާބުކުރީ ހިތަދޫ ކްލަބް ރިވެރިން ނެކްސަސް އާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. މީދޫގެ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ހިމެނޭ އެފްސީ ޗެލެންޖާސް އިން މެޗުގެ 09 ވަނަ މިނިޓްގައި ލަނޑެއްޖަހާފައިވާއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ވިޝަލްއެވެ. މި މެޗުގައި ރިވެރިން ނެކްސަސްގެ ފަރާތުންވެސް ފާހަގަކޮށްލެވޭފަދަ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން، ނިމުނީ ދެ ޓީމުންކުރެ ޓީމަކަށްވެސް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ނުލިބިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ޗެލެންޖާސް އަށް ލަނޑުކާމިޔާބުކޮށްދިން ވިޝަލްއެވެ.

މި މުބާރާތުގެ ހަތަރު މެޗު މިއަދުވެސް ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު 17:00ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ‘ކަޅަ ބެންޗާ’ އާއި ‘ އެފްސީ އުސްގަނޑެވެ’.

މި މަހުގެ 15ވަނަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 20 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ރަށުން ބޭރުން ޖުމްލަ 12 ޓީމް ބައިވެރިވެފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.