English Edition
Dhivehi Edition

ސ.މީދޫ ގައުމު އެފްސީ އިން އިސްނަގައިގެން ބާއްވާ “ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް” ގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ މީދޫ އެފްސީ ޗެލެންޖާސް އާއި ހިތަދޫ ކްލަބް ރިވެރިންއެވެ،

މި މަހުގެ 15ވަނަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 20 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ރަށުން ބޭރުން ޖުމްލަ 12 ޓީމް ބައިވެރިވެފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ދުވަހަކު މުބާރާތުގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މެޗުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހަވީރު އެއް މެޗު ރޭގަނޑު ތިން މެޗް ބާއްވާ ގޮތަށެވެ.

No description available.

ޗެމްޕިއަންޓީމަކަށް ދިހަހާސް ރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އައްޑޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި “ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓްގެ ނަމުގައި 2019 ވަނަ އަހަރުން ފެށިގެން ގައުމު އެފްސީ އިން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވަން ހަމަޖައްސާފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ، ހުޅުދޫ މީދޫން ބައިވެރިވާ ޓީމްތަކާއި އަތޮޅުތެރޭން ދައުވަތު ދެވޭ ޓީމްތަކާއި އަދި ދިވެހިރާއްޖޭގެ ރަށްތަކަށް ދައުވަތު ދެވޭ ޓީމް ތަކުގެ އިތުރުން ރިސޯޓްތަކަށެވެ.

1 ކޮމެންޓް
ރަދީފް
އޮގަސްޓް 18, 2020
ކަޅަ ބެންޗާ'' ''އެފްސީ ބީރިކަނާ''. ޓީމްތަކުގެ ނަންތައް ވަރަށް 6ބޭސް. މަހަމަ ހީހީ ހަލާކުވެއްޖެ.