English Edition
Dhivehi Edition

އަމާންކަން ދެމެހެއްޓުމަށް އިންޑިއާއިން ކޮށްފައިވާ މަސައްކަތްތަކަކީ ދުނިޔެއަށް އުއްމީދު ލިބޭފަދަ މަސައްކަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އިންޑިއާގެ 74 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ވަނީ އިންޑިއާގެ ރައީސް ކޯވިންދަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އަދި އެގައުމުގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އަކީ ޑިމޮކްރަސީ އަށާއި ސުލްހައަށް އުއްމީދެއް ކަމަށެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ރައީސް ސޯލިހުގެ ވެރިކަމުގައި ބަދަހިވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރް މޯދީވަނީ ބައިވެރިވެ ވަޑައިގެންފައެވެ.