English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދުއަށް ނަގޫރޯޅިއެއް އަރައި އެތައް ގެއަކަށް ރޭ ގެއްލުންވި ހާދިސާގައި ސައިކޯސޯޝަން ސަޕޯޓު ފިޔަވައި އިތުރު މާބޮޑު ކަމެއް މިއަދު އިރުއޮއްސުނުއިރުވެސް ނެތެވެ. އެހެންނަމަވެސް ގަދަވަޔާއެކު ވެއްޓިފައިވާ ބައެއް ގަސްތައް އެމްއެންޑީއެފްއިން މިހާރުވަނީ ނަގައި ސާފުކޮށްފައެވެ. މިއަދު ޑިފެންސް މިނިސްޓަރ ވަޑައިގެންނެވުމަށްފަހު މަސައްކަތް ރަނގަޅަށް ހިނގަންފަށައިފައިވާ ކަމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވިއެވެ. މަސައްކަތް ލަސްވެފައިވަނީ ބައެއް އޮފީސްތަކުގައި ހުންނަ ޕްރޮސީޖަރ ދިގުކަމުން ކަމަށްވެސް ވިދާޅުވިއެވެ. “އެހެންނަމަވެސް ސައުވީސްގަޑިއިރުވާއިރު ހާލުގައިޖެހިފައިވާ ބަޔަކަށް އެހީތެރިކަން ލިބެންވާނެ. ޑިފެންސް މިނިސްޓަރ ޝަރީފް މިއަދު އައްޑުއަށް ވަޑައިގަންނަވަންދެން މާބޮޑުކަމެއް ނެތް ކުރެވިފައެއް. އެހެންނަމަވެސް މިނިސްޓަރ ވަޑައިގެންނެވުމަށްފަހު މަސައްކަތްތައް އެދަނީ ކުރެވެމުން،” ސޯބެ ވިދާޅުވިއެވެ.

ޓެގު