English Edition
Dhivehi Edition

ބައިިނަލްއަގްވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކްރިއޭޓިވް ޕިޗް ރައިޓިން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ

އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކާމިޔާބު ކުރާ ތިން ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ނިންމާފައެވެ. މި މުބާރާތަށް ހުށަހަޅާ ޕިޗްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޓީމަކާއެކު މިނިސްޓްރީއިން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ‘ޔޫތު އެންގޭޖްމެންޓް ފޯ ގްލޯބަލް އެކްޝަން’އެވެ. މި ތީމުގެ ދަށުން ޕިޗުތައް ހުށަހެޅޭނެ މައުޟޫތަކަކީ

  1. ކްލައިމެޓް ޗޭންޖް
  2. ފަައިނޭންޝިއަލް އިންކްލޫޝަން
  3. ޔޫތު ހެލްތު
  4. ވިމެން އެމްޕަވަރމަންޓް
  5. ޕޮލިޓިކަލް ޕާޓިސިޕޭޝަން
  6. ވޮލަންޓިއަރިޒަމް
  7. އެެޑިއުކޭޝާން
  8. މައިގްރޭޝަން
  9. ރެޑިކަލައިޒޭޝަން އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް
  10. ޑިސްއެބިލިޓީ އެންޑް އިންކްލޫޝަން

މި ކޮންޓެސްޓްގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ހުރިހާ ދިވެހި ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި މުބާރާތަށް ޕިޗް ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮގަސްޓްގެ 14:00 އެވެ،

އިތުރު މައުލޫމާތު: https://gov.mv/dv/publications/creative-pitch-writing-contest