English Edition
Dhivehi Edition
މާލޭސިޓީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް ) ގުޅިގެން ކުރިއަށް ގެންދާ “ވެށި- ބާރު” ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރިއަށް ގެންދިޔަ ޔަންގް ބޭކާސް ޓްރެއިނިން ޕްރޮގްރާމް 100 ކުއްޖަކު ފުރިހަމަކޮށްފިއެވެ.

މާލޭގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

 

މިއީ ސްކޫލް ޗުއްޓީ އާއި ދިމާކޮށް، މުރުން 8 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހުނަރު ދަސްކޮށްދިނުމަށް ހިންގުނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ދ. ކުޑަހުވަދޫ، ސ، މީދޫ، ވ. ފުލިދޫ އަަދި މާލޭ ސިޓީގައެވެ.

ވ. ފުލިދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދ. އަތޮޅާއި އައްޑޫގައި މި ޕްރޮގްރާމްގެ ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވާފައިވަނީ ޑަޔާކޭކްސްގެ ފައުންޑަރ ފާތިމަތު ދިޔާނާ އެވެ. ދިޔާނާ އަކީ ކޭކްޑެކަރޭޝަންގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން މަސައްކަތް ކޮށް ގިނަ ޒުވާނުން މި ދާއިރާއަށް ތަމްރީނުކޮށް ދެއްވަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އައްޑޫސިޓީގައި ކުރިއަސް ގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ލުބްނާ މަޖީދު/ އޭއޯނިއުސް

ވ. އަތޮޅާއި މާލޭގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވާފައިވަނީ މާލޭގައި ކޭކް ވިޔަފާރިއަށް މަޝްހޫރު ފްރުޓީމެލޯކޭކްސްގެ ފަރާތުން އެތަނުގެ އޯނަރ ފާތިމަތު ޝިފާ މޫސާދީދީއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ކުދިންވަނީ ކަޕްކޭކްސް އައިސިންގ އިން ޑެކަރޭޓްކުރަން ދަސްކޮށް އަދި އެންމެ ފަހު ދުވަހު މިނި ކޭކެއްގައި އައިސިން ޖަހައި ޑެކަރޭޓްކޮށްފައެވެ.

މާލޭގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ގަައި ކުއްޖަކު ކޭކެއް ޑެކަރޭޓް ކުރަނީ

މުޖުތަމަޢު ބާރުވެރިކުރުމަށް ކުރިއަށް ގެންދާ “ވެށި – ބާރު” ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކޮންމެ ޕްރޮގްރާމެއްވެސް ހިންގުމަށް ހަމަޖެހިފައިވަނީ އެ ޕްރޮގްރާމެއް ހިންގާ ރަށެއްގައި ހެދިފައި ހުންނަ ޖަމިއްޔާ ޖަމާއަތް ތަކާއި ގުޅިގެންނެވެ.